މޯޕާއިން ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި


19 ސެޕްޓެމްބަރު 2024 - 08:40
ޕްލާސްޓިކް ރިސައިކަލް ކުރުމަށް އެހީވުމަށް މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްއިން، ވެމްކޯއަށް 4 އުޅަނދާ ބެއިލަރ މެޝިން ހަދިޔާކޮށްފިއެވެ.މި ތަކެތި މޯޕާރގެ ފަރާތުން ހަދިޔާކޮށްދެއްވީ ޖަމްޢިއްޔާގެ ރައީސް އަޙުމަދު މައުމޫންއެވެ. އަދި ވެމްކޯގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ކޯރޕަަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.މޯޕާއިން ހަދިޔާކޮށްފައިވަނީ ކުނި ކަލެކްޓްކުރާ ބޮޑު 4 ޕިކަޕާއި، ޕްލާސްޓިކް ފުޅި ކޮމްޕެކްޓްކުރަން ބޭނުންކުރާ 4 ބެއިލަރު މެޝިނެވެ. އަދި ޕްލާސްޓިކް ފުޅި ގޭގެއިން އެއްކުރުމަށް ފަސޭހަކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ނެޓް ބޭގް ނުވަތަ ގޯނި ހަދިޔާކޮށްފައިއެވެ.ވެމްކޮގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވަނީ ވެމްކޯގެ ވަސީލަތްތައް އިތުރުކުރުމަށް މޯޕާއިން ދެމުންދާ އެހީތެރިކަން ފަހަގަކޮށްފައެވެ. މުޖުތަބާ ވިދާޅުވީ ރައްކާތެރި ގޮތުގައި ޕްލާސްޓިކް މެނޭޖުކުރުމަކީ ވެމްކޯއަށް ދަތިތައް ހުރި މަސައްކަތެއްކަމަށެވެ.4 ޕިކަޕާއި ޕްލާސްޓިކް ފުޅި ކޮމްޕެކްޓްކުރާ ބެއިލަތު ވަނީ ހަދިޔާކޮށްފައިމާލެއިން އުކާލާ ގިނަ އަދަދެއްގެ ޕްލާސްޓިކް މޯޕާއިން މެނޭޖުކުރަމުންދާއިރު، މި ހަދިޔާކުރި ތަކެއްޗާއެކު އަތޮޅުތަކުގެ ބޮޑު އާބާދީއަކުން އުކާލާ ޕްލާސްޓިކުވެސް ރައްކާތެރިގޮތުގައި ރީސައިކަލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން އަތޮޅުތަކުގައި ވެމްކޯގެ ފެސިލިޓީތަކުގައިވެސް ޕްލާސްޓިކް މެނޭޖުކުރެވޭ ކުދި ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތްވެސް ވެމްކޯއިން ކުރަމުންދާކަމަށް މުޖުތަބާ ވިދާޅުވިއެވެ.
4 ޕިކަޕާއި ޕްލާސްޓިކް ފުޅި ކޮމްޕެކްޓްކުރާ ބެއިލަތު ވަނީ ހަދިޔާކޮށްފައި"މި 4 ޓަރަކް ބޭނުންކުރަން ގަސްތުކުރަނީ އައްޑޫ ހިތަދޫ، ފުވައްމުލައްސިޓީ އަދި ލ.އަތޮޅުގައި ޚިދުމަތް ފަށާއިރު ފުނަދުއާއި ގަމުގަ ބޭނުންކުރާނެ." ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވިއެވެ.
މޯޕާއިން ވަނީ މިއަހަރުގެ ކުރީކޮޅުވެސް ވެމްކޯއަށް ޕްލާސްޓިކް މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ. މި ޕްރޮގެރާމްތައް ހިންގަނީ މޯޕާއާއި އެހެނިހެން އެހީދޭ ފަރާތްތައް ގުޅިގެންނެވެ. މިހާރު ފަށާފައިވާ މަސައްކަތްތަކާއެކު އަހަރަކު 20 މިލިއަން ފުޅި ކަލެކްޓްކުރެވޭނެކަމަށް މޯޕާއިން ލަފާކުރެއެވެ.