logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބަންކަރިންއިން ޖަމާވާ ކުނި ނެގުމަށް ވެމްކޯއަށް ހަވާލުކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 އޮކްޓޯބަރު 2024 - 06:03
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް އިފްތިތާހުކުރުމުގެ ތެރެއިން -- ފޮޓޯ/ ހަތާވީސް
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް އިފްތިތާހުކުރުމުގެ ތެރެއިން -- ފޮޓޯ/ ހަތާވީސް

އުތުރުގައި ހިންގާ ބަންކަރިންގައި އުފެދޭ ކުނިތައް ނައްތާލުމަށް ވެމްކޯ އަށް ހަވާލުކޮށްފިއެވެ.

އެކަމުގެ އެމްއޯޔޫއެއްގައި، އެ މަސައްކަތް ހިންގާ އެމްޕީއެލް އިން ވަނީ ވެމްކޯއާއެކު މިއަދު ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، އުލިގަމުގައި ގާއިމްކޮށްފައިވާ ބަންކަރިންގެ ޚިދުމަތުން ޖަމާވާ ކުނިތައް، މީގެ ފަހުން ނަގާނީ ވެމްކޯއިން ކަމަށެވެ. އެގޮތުން އެ ކުނިތައް އުލިމަގުން ނަގައި، އެ ކުނިތައް ގެންދާނީ އެހެން ރަަށަކަށް ކަމަށް ވަޖީހް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލު ވިދާޅުވީ، ބަންކަރިން އިން ޖަމާވާ ކުނިތައް ގެންދާނީ އެ އަތޮޅު ކުނބުރުދޫއަށް ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް، ކުނބުރުދޫ ރީޖިނަލް ފެސިލިޓީއަކަށް ބަދަލުކުރާނެ ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

ބަންކަރިން އިން ކުނީގެ ގޮތުގައި ޖަމާވާނެ ކަމަށް ބެލެވޭ ބޭނުންކޮށްފައިވާ ތެލާ ގުޅޭ ގޮތުން މުޖްތަބާ ވިދާޅުވީ، ބޭނުންކުރާ ތެޔޮތަށް ނައްތާލުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށާއި، އެ ތެޔޮ ރައްކާކުރާނެ ޚާއްސަ ޓޭންކެއް އެރަށުގައި ބަހައްޓާނެ ކަމަށެވެ.

މުޖްތަބާ ވިދާޅުވި ގޮތުގައި، އެ މަސައްކަތް ކުރިއަށްދާ ވަރަކަށް އިތުރު ވަޒީފާތައް ވެސް އުފެދި، އެ މަސައްކަތުން އެކުންފުންޏަށް ރަނގަޅު ޢާމްދަނީއެއް ލިބޭނެއެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދެނީ އެސްޓީއޯ އަދި އެމްޕީއެލް ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ އެމްޑީ ރިޝްވާން މަޤާމުން ވަކިކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންތިލަފުށީގައި ހުންނަ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ ޖާގަ އެމްޕީއެލްއިން އިތުރުކޮށްފިވިޔަފާރި | 11 ދުވަސް ކުރިންއެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ޚަބަރު | 21 ދުވަސް ކުރިންޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަށް ސޮއިކޮށްފިޚަބަރު | 22 ދުވަސް ކުރިން