މާލެ ސަރަހައްދުގައި ފަތިހު 05 ޖަހާއިރު ބަހުގެ ޚިދުމަތްދޭން ފަށާނެ: އެމްޓީސީސީ

ފޮޓޯ--/ އެމްޓީސީސީގެ ބަހެއް

06 ސެޕްޓެމްބަރު 2024 - 05:49
މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ފަތިހު 5 ޖަހާއިރު ފަށަން އެމް.ޓީ.ސީ.ސީއިން ނިންމައިފިއެވެ. ކުރިން ބަހުގެ ޚިދުމަތް ފަށަނީ ހެނދުނު ހައެއް ޖަހާއިރުއެވެ. އެގޮތުން ޖުމްލަ އަށް ރޫޓެއްގައި ފަތިހުން ފެށިގެން ބަހުގެ ޚިދުމަތް ފަށާނެ ކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ. މި ބަދަލު ގެނައީ ބަހުގެ ޚިދުމަތް ހޯދާ މީހުންގެ ޚިޔާލާއި އެދުމުގެ މަތިން ކަމަށްވެސް އެކުންފުނިންބުނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެކުން ފުނީގެ ހޮޓްލައިން 1650 އަށް ގުޅުމުން ލިބޭނޭ ކަމަށްވެސް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.
މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ބޮޑެތި ރަށްތައްކަމަށްވާ އައްޑޫ ސިޓީ ފޭދޫ - ހިތަދޫ، މަރަދޫ - ފޭދޫ، ފުވައްމުލަށް، ލ. ގަން ،ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ވެސް ބަހުގެ ޙިދުމަތް އެމްޓިސީސީ އިން އަންނަނީ ފޯރުކޮށްދެމުންނެވެ،
އިތުރު ލިޔުންތައް

ރަސްމާލެ، ގިރާވަރު ފަޅު އަދި ގުޅީފަޅު ގުޅާލުމަށް ރާއްޖެއިން ބޮޑު ޓްރާންސްޕޯޓް ނެޓްވޯކެއް ތައާރަފްކޮށްފި
7 މަސް ކުރިން
އެމްޓީސީސީގައި 18 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ނުގެންދެވި އެބަހުރި
5 މަސް ކުރިން
ރަސްމީ ފާލަން ނިންމުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދަނީ
4 މަސް ކުރިން