logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމީ ފާލަން ނިންމުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދަނީ

ސުދާ ލަތީފް
1 ޖެނުއަރީ 2025 - 12:08
އްޒުއްދީން ފާލަމުގެ މަސައްކަތް ކުރިއަށް ދަނީ
އްޒުއްދީން ފާލަމުގެ މަސައްކަތް ކުރިއަށް ދަނީ

ރަސްމީ ފާލަން ނިންމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ވަރަށް ހައި ޕްރައިއޯރިޓީއެއް ދީގެން ކަމަށް އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ މަރިޔަމް ޖުނައިހާ ޞާދިގް ވިދާޅުވެއްޖެ އެވެ.

މި ޖެޓީއަކީ މާލެގެ މަލަމަތީގައި ފެންނަން ހުންނަ އެންމެ ހާއްސަ އެއްތަން ކަމަށް ވާއިރު މި ޖެޓީގެ މަސައްކަތް ނުނިމި ދިގު ލައިގެން ދިއުމަކީ ސަރުކާރާއި އަދި ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ރަސްމީ ފާލަމަށްވެފަ އަދި މާލެ ވަޑައިގަންނަވާ އެކި އިއްޒަތްތެރިން ފައިބާ ވަޑައިގަންނަވާ އިތުރު ޖެޓީއެއް ނެތުމަކީވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޖުނައިހާ ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ބޭފުޅުންވެސް ޓޫރިސްޓުންނަށް ފާލަން ދައްކާނުލެވުމާއި މީގެ އެތައް ސަބަބެއް ހުރުމާއެކު އެމްޓީސީސީގެ އެމްޑީ ރިޓައަރޑް ޑީސީޕީ އަހްމަދު ސައުދީ ވަނީ ވަރަށް ހާއްސަ އިސްކަމެއް ދީގެން މި ޕްރޮޖެކްޓް ނިންމުމަށް އިރުޝާދު ދީފައި ކަމުގައި ވެސް ޖުނައިހާ ވަނީ ވިދާޅުވެފައެވެ .

ޖުނައިހާ ވިދާޅުވީ އެމްޓީސިސީ އިން މިހާރު 24 ގަޑިއިރު މަސައްކަތް ކުރަމުން ގެންދަނީ ދެ ޝިފްޓްއަކަށް ބަހާލައިގެން ކަމަށެވެ.

އަދި މާލޭގެ ރަސްމީ ފާލަން ރޫޅާލުމަށް ފަހު އަލުން އެތަން ހަދަމުން އަންނައިރު، އެތަނުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އިއްޒުއްދީން ފާލަން ހުޅުވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ ފަހަރަކު އެ ފާލަން ވަނީ މަރާމާތުކޮށްފައެވެ. އެމި ފާލަމަކީ ޗައިނާ ސަރުކާރުގެ އެހީގައި ސިފައިން އެޅި ފާލަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ބޮޑުތަކުރުފާނު މަގުގެ 80 އިންސަތައް މަސައްކަތް ނިމިއްޖެޚަބަރު | 4 ދުވަސް ކުރިންތުޅާދޫ ހޮސްޕިޓަލްގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތާއެކު 90 އިންސަތަ ނިމިއްޖެޚަބަރު | 10 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 11 ދުވަސް ކުރިންއަތޮޅު ފެރީތަކަށް ފަަސޭހަކުރުމަށް ހެންވޭރު ޓާމިނަލް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިޚަބަރު | 14 ދުވަސް ކުރިން