logo
MPL

MPL

ޚަބަރު

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖުލައި 2026 - 07:32
ބިލެތްފަހި ބަންދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ދަނީ، ފޮޓޯ: ބިނާރާއާއި ބެހޭ ވުޒާރާ
ބިލެތްފަހި ބަންދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ދަނީ، ފޮޓޯ: ބިނާރާއާއި ބެހޭ ވުޒާރާ

ސަރުކާރުން މުޅި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ގެންދަވާ ގިނަގުނަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެއްޖެއެވެ.

މި މަޝްެރޫޢުގެ އަދާހަމަ ހިއްސާކުރަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢާއި ގުޅޭގޮތުން އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މަޝްރޫޢުގެ ދަށުން ކުރިއަށްދަނީ ބަނދަރުގެ ބޭރުތޮށީގައި ހިލަ ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ޖުމްލަ 47.09 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ބިލެތްފަހީގެ އުމްރާނީ ތަރައްޤީއަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އައު ބަނދަރާއި ނެރު ފުންކުރުން
  • ބޭރުތޮށި ޖެހުމާއި ރިވެޓްމެންޓް ޖެހުން
  • ކީވޯލް ޖެހުމާއި މޫރިންގ ބްލޮކްސް ހަރުކުރުން
  • ބަނދަރުގައި ރޭމްޕެއް ހެދުން
  • ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު ނިމުމުން، ބިލެތްފަހީގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢަކީ އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 18 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 18 ދުވަސް ކުރިން