logo
Bank of Maldives

Bank of Maldives

ރިޕޯޓް

ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރަށް: މި ދޫކޮށްލެވުނީ ފަސޭހައާއި ތަރައްގީގެ އުފާލިބިދިން ހަމަޖެހުމުގެ ނޭވާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ޖުލައި 2026 - 12:18
ބޮޑުތަކުރުފާނު މަގު ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލަށް ތަރައްގީކުރި ބައި މިއަދު ވަނީ ހުޅުވާލާފައި، މިއާއިއެކު މިހާރު ވަނީ ނޯތު ހާބަރުން ފެށިގެން ހެނންވޭރު ޓާމިނާލާއި ހަމައަށް މި މަގު ހަތަރު ލޭނަށް ތަރައްގީކޮށްފައި، ފޮޓޯ: އެމްޓީސީ
ބޮޑުތަކުރުފާނު މަގު ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލަށް ތަރައްގީކުރި ބައި މިއަދު ވަނީ ހުޅުވާލާފައި، މިއާއިއެކު މިހާރު ވަނީ ނޯތު ހާބަރުން ފެށިގެން ހެނންވޭރު ޓާމިނާލާއި ހަމައަށް މި މަގު ހަތަރު ލޭނަށް ތަރައްގީކޮށްފައި، ފޮޓޯ: އެމްޓީސީ

މާލޭގެ ބޮޑުތަކުރުފާނު މަގަކީ ވެރިރަށުގެ އެންމެ ބާރުބޮޑު އަދި އެންމެ މުހިންމު އެއް މަގެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ފެއްޓެވި ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމި، އާންމުންނަށް ހުޅުވާލުމަކީ މާލޭގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. ޚާއްޞަކޮށް ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ގެނެވުނު ބަދަލުތަކަކީ މާލޭގެ މަލަމަތި ބަދަލުކޮށްލި ތާރީޚީ މަސައްކަތެކެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަދި ފުޅާކުރުން

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް 700 މީޓަރުގެ ސަރަޙައްދެވެ. ކުރިން ދަތިކޮށް އޮތް މި މަގު މިހާރު ވަނީ 4 ލޭނަށް ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މީގެ ސަބަބުން މި ސަރަޙައްދުގައި އުފެދޭ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، އުޅަނދުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ. މި ފަަސޭހަ މުޅި މާލޭގެ ޓްރެފިކަށް ހެޔޮ އަސަރެއް ގެނެސްދޭނެއެވެ.

undefined

ރައީސް މަގުގެ މަސައްކަތް ބައްލަވާލައްވަނީ، މިއީ އެމަނިކުފާނުގެ ވަރުގަދަ ތަސައްވުރުގެ ނަތީޖާ

 

ރައްކާތެރިކަމާއި ފުރިހަމަކަން އިތުރުކުރުން

މަޝްރޫޢުގެ މައިގަނޑު ތާރުއެޅުމުގެ މަސައްކަތް ނިމި މަގު ހުޅުވާލި ނަމަވެސް، އިތުރަށް ފުރިހަމަކުރަންޖެހޭ ކުދިކުދި މަސައްކަތްތައް މަޝްރޫޢުގެ ކޮންޓެކްޓަރ އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ކަނޑުން އެއްގަމަށް އަރާ ފައިބާ މީހުންގެ ރައްކާތެރިކަމަށްޓަކައި ސިޑިތައް ފާހަގަވާނެހެން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. މިއީ މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ވަރަށް ބޮޑު އަހަންމިއްޔަތެކެވެ. މި މަޝްރޫޢަކީ އެމްޓީސީސީގެ ގާބިލުކަމާއި ލީޑަރޝިޕާއި މުވައްޒަފުންގެ މުރާލިކަން ދައްކުވައިދޭ އިތުރު ނަމޫނާ މަސައްކަތެކެވެ.

undefined

ރައީސް މުޢިއްޒު ބޭރު މަގުގެ މަސައްކަތް ބައްލަވާލައްވަނީ

 

ތިމާވެއްޓާއި ރީތިކަން: ފެހިކުރުމުގެ ހަރަކާތް

މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. އެކި ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ދަށުން،   3,100 އަށްވުރެ ގިނަ ގަހުގެ އިތުރުން މަގުގެ އެއްގަމު ތޮށި ކައިރީގައި ވަނީ ދިވެހި ރުށްތައް އިންދާ ޗާލުކޮށްލާފައެވެ. މީގެ ސަބަބުން މާލޭގެ މަލަމައްޗަށް ދިވެހިވަންތަ، ހިތްގައިމު ސިފައެއް ލިބިގެން ގޮސްފައިވެއެވެ. މިއީ ހަމައެކަނި ދަތުރުފަތުރަށް ގެނެވުނު ބަދަލެއް ނޫން ކަމަށާއި، މިއީ މާލޭގެ ތިމާވެށި ރީތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

undefined

މާލޭ އުތުރު ފަރާތު ބޭރުމަގު މި ސަރުކާރުން ތަރައްގީކުރަނީ، މިއީ ރައްޔިތުންނަށް އިންތިހާ ލުއިކަން ލިބިދޭނެ މަސައްކަތެއް

 

ތަރައްޤީގެ އާ އުންމީދެއް

އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަނަރީ ވިސްނުންފުޅާއި، އިރުޝާދުގެ ދަށުން މިފަދަ ބޮޑު މަޝްރޫޢެއް ނިންމާލުމަކީ ސަރުކާރުން ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތުގެ ހެއްކެކެވެ. ބޮޑުތަކުރުފާނު މަގަށް ގެނެވުނު މި ބަދަލަކީ މާލޭގެ ޓްރެފިކަށް ލިބުނު ލުޔެއްގެ އިތުރުން، މާލޭގެ މަލަމައްޗަށް ގެނެވުނު ތާރީޚީ ބަދަލެކެވެ. މިއީ ރައްޔިތުންނަށް ފަސޭހައާއި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެންވޭރު ފެރީ ޓަރމިނަލުން ނޯތު ހާބަރަށް: މި ދޫކޮށްލެވުނީ ފަސޭހައާއި ތަރައްގީގެ އުފާލިބިދިން ހަމަޖެހުމުގެ ނޭވާއެއްރިޕޯޓް | 2 ގަޑިއިރު ކުރިންއަމާޒަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކްރިއޭޓަރ އެކޮނޮމީ އިން ޖީޑީޕީއަށް 2030ގެ ނިޔަލަށް 15% ހިއްސާކުރުން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީޚަބަރު | 10 ގަޑިއިރު ކުރިން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފިޚަބަރު | ދުވަހެއް ކުރިން