logo
MPL

MPL

ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އަޅަން ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޖުލައި 2026 - 18:31
ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެސް އަޅަން އެމްޓީސީސީ އާއި ހަވާލުކުރުން، ފޮޓޯ: ކޮންޓްރަކްޝަން މިނިސްޓްރީ
ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެސް އަޅަން އެމްޓީސީސީ އާއި ހަވާލުކުރުން، ފޮޓޯ: ކޮންޓްރަކްޝަން މިނިސްޓްރީ

މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ކަމަށްވާ، ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިއަދު ސޮއިކޮށްފިއެވެ.

އިންފްރާ ސްޓަކްޗަރ، ކޮންޓްރަކްޝަން، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން މިއަދު މި މަޝްރޫޢު ހަވާލުކުރީ ރައްޔިތުންގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންފްރާ ސްޓަކްޗަރ، ކޮންޓްރަކްޝަން، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރް އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަޙައްދުގައި ތަރައްޤީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 14 ބުރީގެ މި ޢިމާރާތަކީ ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ޢިމާރާތެކެވެ.

މި މަޝްރޫޢު ނިމުމާއެކު، ޝަރުޢީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މި ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރެވިގެންދާނީ ޒަމާނީ އެންމެހައި ވަސީލަތްތަކާއެކު، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތަކެއް ހިމެނޭގޮތަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 14 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 20 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 23 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 23 ދުވަސް ކުރިން