logoEN
ޚަބަރު

ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު އޮރެންޖު ސަމާލު ދަންމާލައިފި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި --- ފޮޓޯ/ސަން

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި --- ފޮޓޯ/ސަން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

03 ޖެނުއަރީ 2025 - 15:34

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްްސާރައިގައި، ބ. އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުނު އޮރެންޖް އެލާޓް، މިރޭ 11 ޖެހުމާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރައިން ދަންމާލައިފިއެވެ.

އެންމެ ފުރަތަމަ އޮރެންޖް އެލާޓް ނެރުނީ މިއަދު ހަވީރު ތިނަކުން މިރޭ ހަތެއް ޖެހުމާ ހަމައަށެވެ. އެހެން ނަމަވެސް މިރޭ ހަތަކުން ފެށިގެން މިރޭ 11 އާ ހަމައަށް ވެސް އެ އެލާޓް ވަނީ ދަންމާލާފައެވެ. އެހެންކަމުން، އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް އާންމުކޮށް އޮރެންޖް ސަމާލު ނެރެނީ، އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.

މި ދުވަސްވަރު ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވިއްސާރަކުރަނީ ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި ސާކިއުލޭޝަން، މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދިއުމުގެ ސަބަބުންނެވެ. އަދި މި ދުވަސްވަރަކީ ރާއްޖެއަށް އިރުވައި ފެށޭ ދުވަސްވަރަށްވުމުން ވެސް، ދެ މޫސުން ބެދޭ ވިއްސާރަ ވެސް ރާއްޖެއަށް ދަނީ ކުރަމުންނެވެ.

މި ވިއްސާރައިގެ ސަބަބުން މުޅި މާލޭގައި ވަރަށް ބޮޑަށް ފެންހެދިފައިވާއިރު، ރާއްޖޭގެ މައި ބަނދަރު، ވެލާނާ އެއާޕޯޓުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންހެދިފައެވެ. އަދި މިއަދުގެ ވިއްސާރައިގެ ސަބަބުން ޖުމްލަ 7 ރަށެއްގައި ފެން ހިންދުމުގެ މަސައްކަތް ސިފައިން ވެސް ދިޔައީ ކުރަމުންނެވެ

ކޮމެންޓް

871x217_placeholder