logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޮލިސް ކާރާއި ސައިކަލް އެކްސިޑެންޓުވި މަންޒަރު ދުށް ބަޔަކު ހޯދަނީ

ސުދާ ލަތީފް
5 ޖެނުއަރީ 2025 - 05:28
ދިވެހި ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ
ދިވެހި ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ

ހުޅުމާލޭ ފޭސް 2 ގައި ފުލުހުންގެ ކާރަކާއި އާންމުންގެ މީހެއްގެ ސައިކަލެއް ޖެހި މިދިޔަ މަހު 27 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގެ ތަހުގީގަށް، އެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެެވެ.

2024 ޑިސެމްބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ މި އެކްސިޑެންޓްގައި އަނިޔާވެފައިވާ ޒުވާނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަަމަށެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށާއި، އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ވަގުތާއި މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަސް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 26 މިނިޓު ކުރިންކުޑަކުދިންތަކަކަށް ޖިންސީގޯނާކުރިކަމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށްޚަބަރު | 5 ގަޑިއިރު ކުރިންޑްރަގް ޓްރެފިކްކުރާ މައްސަލައެއްގައި ހިޔާ ފްލެޓަކުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށްޚަބަރު | ދުވަހެއް ކުރިން