އާސަންދައިން ބޭސް ނުލިބޭނަމަ ރިޕޯޓް ކުރަން އެދިއްޖެ
5 ޖެނުއަރީ 2025 - 09:53

އާސަންދަ ސްކީމްގެ ދަށުން ބޭސް ލިބުމުގައި ހުރި ކަންބޮވުންތައް ރިޕޯޓް ކުރަން އެކުންފުނިން އެދިއްޖެއެވެ.
އާސަންދައިން ބުނީ އާސަންދަ ސްކީމްގެ ދަށުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެނަމަ ނުވަތަ ބޭހެއް ނުލިބިއްޖެނަމަ އާސަންދަ ޝިކާވަތި ޗެޓްލައިނަށް (7951400) ވައިބަރ މެދުވެރިކޮށް ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

Ad by Hajj Corporation
ރިޕޯޓް ކުރާއިރު ބޭސްފިހާރައިގެ ނަމާއެކު ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ވެސް ފޮނުއްވުމައް އަންގާފައިވެއެވެ.
އާސަންދަ ސްކީމުން ކަވަރުކުރާ ބޭހަކަށް އެ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައަކުން ފައިސާ ނަގާނަމަ ރިޕޯޓުކުރުމަށް އެ ކުންފުނިން މީގެ ކުރިންވެސް އަންގާފައިވާއިރު ބަލްކް ޕްރޮކިއުމެންޓް ތެރެއިން ރާއްޖެ ގެނެސް އާސަންދަ ބޭސް ލިސްޓުގައި ހިމެނިފައިވާ ބޭސްތައް ދޫކުރުމަށް ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރަތަކުން އިތުރު އަގެއް ނުނަގާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އާސަންދަ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.