ޚަބަރު
އަޙްމަދު ޒަލީފް



ސަމާލުވޭ، ރ.އަތޮޅަށް މޫސުން ގޯސް


05 ޖެނުއަރީ 2025 - 16:28
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މި އެލާރޓް ނެރެފައިވަނީ މިރޭ 11:00 ގެ ނިޔަލަށެވެ. އެގޮތުން، ރ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި މި ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ނެރުނު އެލާޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މެޓުން ވަނީ ށ. އަތޮޅާއި ރ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިރޭ ދަންވަރު 12:30 އާއި ހަމައަށް ވައިޓް އެލާރޓް ނެރެފައެވެ. މެޓުން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އިތުރު ލިޔުންތައް

ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ފަރުދީ ޒިންމާ އަދާކުރޭ - އެންޑީއޭ
3 މަސް ކުރިން
ފެން ހިންދަން ބޭނުންކުރާ 72 ޕަންޕު އަތޮޅުތެރެއަށް ފޮނުވައިފި
3 މަސް ކުރިން
40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާރޓް
3 މަސް ކުރިން