މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހު


15 ޖެނުއަރީ 2025 - 17:06
މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހުކުރު ދުވަހު ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިތުރު ލިޔުންތައް

ސަމާލުވޭ، ރ.އަތޮޅަށް މޫސުން ގޯސް
3 މަސް ކުރިން
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ފަރުދީ ޒިންމާ އަދާކުރޭ - އެންޑީއޭ
3 މަސް ކުރިން
ފެން ހިންދަން ބޭނުންކުރާ 72 ޕަންޕު އަތޮޅުތެރެއަށް ފޮނުވައިފި
3 މަސް ކުރިން