ފެން ހިންދަން ބޭނުންކުރާ 72 ޕަންޕު އަތޮޅުތެރެއަށް ފޮނުވައިފި


13 ޖެނުއަރީ 2025 - 09:12
ފެން ހިންދުމުގައި ބޭނުން ކުރުމަށް އަތޮޅުތެރޭގެ 72 ރަށަކަށް ޕަންޕު ފޮނުވައިފިއެވެ.
މި 72 ރަށަކީ އާއްމުގޮތެއްގައި ފެން ބޮޑުވާ ރަށްތަކެއް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން ވަނީ ހާމަކޮށްފައެވެ.
ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާއިރު، އެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވިއްސާރައިން ލިބުނު ގެއްލުންތަކުން ދުރާލާ ރައްކާތެރިވުމަށް ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ ރަށްރަށަށް ފެން ހިންދަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައާއެކު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މާލޭގެ ގެތަކަށް އެކަނި ލިބުނު ގެއްލުމުގެ އަދަދު 2.2 މިލިއަނަށް އަރާއިރު، އަތޮޅު ތެރޭގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 800،000 އަށް އަރައެވެ.
އިތުރު ލިޔުންތައް

ސަމާލުވޭ، ރ.އަތޮޅަށް މޫސުން ގޯސް
3 މަސް ކުރިން
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ފަރުދީ ޒިންމާ އަދާކުރޭ - އެންޑީއޭ
3 މަސް ކުރިން
40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާރޓް
3 މަސް ކުރިން