logo
ޚަބަރު

ގުޅީފަޅުގެ މަގުތަކާއި މުނިސިޕަލް އިމާރާތްތައް އަޅަން ޗައިނާގެ ސީއެމްއީސީއަށް

އާމިނަތު ޝަފާ
6 ޖެނުއަރީ 2025 - 06:27
ގުޅިފަޅު
ގުޅިފަޅު

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ކ. ގުޅީފަޅުގެ މަގުތަކާއި އެ ރަށުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުނިސިޕަލް އިމާރާތްތައް އަޅަން ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީސީ) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރީޖަނަލް ޖެނެރަލް މެނޭޖަރު ޝެން ހައު ޖުން އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސީއެމްއީސީ އާއި ހައުސިން މިނިސްޓްރީއާއެކު ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުން، ފެނާއި ނަރުދަމާގެ ނިޒާމުގެ ގާއިމުކުރުން، ޑީވޯޓަރިން ސިސްޓަމް ގާއިމުކުރުން، މަގުތައް ޒަމާނީ ފެންވަރަށް ހެދުން، ޖީޕޮން ޑަކްޓިން ސިސްޓަމް ގާއިމުކުރުން، ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމުކުރުން ފަދަ މަސައްކަތްތައް ކުރެވޭނެ. ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅުން ބޮޑު ބިމެއް ނަގާފައިވާތީ މަސައްކަތަށް ދަތިތަކެއް ހުރި ނަމަވެސް ބައިތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވެފައިވަނީ .

 

ސީއެމްއީސީ ކުންފުންޏަކީ ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމުގެ 14 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 2 މަސް ކުރިންގެދޮރު އިމާރާތްކުރުމަށް ހުޅުވާލި ލޯނު ސްކީމަށް، މުއްދަތު ހަމަވި އިރު 2200 އަށްވުރެ ގިނަ ފޯމުޚަބަރު | 3 މަސް ކުރިންޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާގެ އިމާރާތް އަޅަނީޚަބަރު | 3 މަސް ކުރިން