ވިއްސާރައިގައި ގެއްލުން ލިބުނު 98 ގޭގެ އެސެސްމެންޓް ހަދައިފި
6 ޖެނުއަރީ 2025 - 06:43

ވިއްސާރައިގައި ގެއްލުން ލިބުނު 98 ގޭގެ އެސެސްމެންޓް ހަދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭގެ ޗީފް އެކްޒިކިއުޓިވް ހިސާން ހަސަން ވިދާޅުވީ

Ad by Hajj Corporation
35 ގޭބީސީއެއްގައި ދިރިއުޅުން 226 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްދީފައިވާކަމަށެވެ.
98 ގެއެއްގައި އެސެސްމެންޓް ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ މާލެ އާއި ރަށްތަކަށް ކުރި ވިއްސާރައިގައި އެންޑީއެމްއޭގެ ހެލްޕްލައިނަށް 745 ވުރެން ގިނަ ކޯލް ލިބުނު ކަމަށާއި 500ށްވުރެ ގިނަ ކޯލް އަކީ ވެލި ބާސްތާ ޖެހުމަށް އެދިގެން މީހުން ކުރި ކޯލްތައް ކަމަށެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިފާ ގެންގުޅޭ ސާމާނުތަކަށް ގެއްލުން ލިބި، ގޭގެއަށް ފެންވަދެގެން 8 ރަށަކުން ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން 3 ރަށަކުން އުދަ އަރައިގެން ރިޕޯޓް ކުރި ކަމަށެވެ. އެ ރަށްތަކަކީ ށ. މަރޮށި، ރ. އިނގުރައިދޫ އާއި ށ. ނަރުދޫއެވެ.
މި ހަފްތާގައި މާލެއަށް ވަނީ 170 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ މިހާތަނަށް ރެކޯޑު އަދަދަކަށް މާލެއަށް ވާރޭ ވެހުނު ފަހަރެއްކަމަށް މެޓުން މައުލޫމާތުދެއެވެ.