logo
Bank of Maldives

Bank of Maldives

ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އާމިނަތު ޝަފާ
9 ފެބްރުއަރީ 2025 - 05:41
އަލިފާނުގެ ހާދިސާއާ ގުޅިގެން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މިއަދު ހެނދުނު މ.ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ، ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން 2 ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތެރޭގައި 20 ބިދޭސީން ހިމެނޭކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 6:35 ހާއިރުކަމަށާއި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވަނީ 07:47 ހާއިރުކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އެމްއެންޑީއެފްއިން ބުނީ ރޯވީ އެގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މިގޭގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފަވެއެވެ. އެފަހަރު ބަޔަކު ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވުނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | ދުވަހެއް ކުރިންހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | މަހެއް ކުރިންހިޔާޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 2 މަސް ކުރިންރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފިޚަބަރު | 2 މަސް ކުރިން