logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރާ ގެއެއްގައި ރޯވެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޭޕްރީލު 2026 - 03:17
ހުރާ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި
ހުރާ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި

ކ. ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި ރޭ މެންދަމުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގޭގެ ބައެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު އެ އޮތޯރިޓީން ދަނީ ބަލަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހުރާ ކައުންސިލާ ހަވާލާދީ އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށެވެ.

6262612524813454722.jpg

ހުރާ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި

 

ހުރާއިން ''މެންދުރު'' އަށް މައުލޫމާތު ދިން މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ އެ ރަށު "ނޫފަރު" ގޭގައި ކަމަށެވެ. އަދި ހާދިސާ ހިނގީ މެންދަމު 12:30 ހާއިރުކަމަށް ވެސް އޭނާ ބުންޏެވެ.

މިހާދިސާ ހިނގިއިރު އެ ކޮޓަރީގައި ދެ ކުދިން ނިދާފައި ތިބިކަމަށާއި، އެކުދިން ނެރެވުނީ ވަރަށް މަސައްކަތުން ކަމަށް ވެސް އޭނާ ވަނީ މައުލޫމާތުދީފައެވެ. އޭނާ ލަފާކުރާގޮތުގައި ކޮޓަރީގައި ރޯވީ ކަރަންޓް ޝޯޓެއް ވެގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް، ހާލަތު މޮނީޓަރކުރަނީޚަބަރު | 6 ދުވަސް ކުރިންއެންޑީއެމްއޭއަށް ހުޅުމާލެއިން 13،000 އަކަފޫޓްގެ ބިމެއް، އިމަޖެންސީ ސެންޓަރާއި ވަގުތީ ބޯހިޔާވަހިކަމާއި މައި އޮފީސް ގާއިމުކުރާނެޚަބަރު | 11 ދުވަސް ކުރިންމާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 3 މަސް ކުރިން