logo
MPL

MPL

ޚަބަރު

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އައިޝަތު އިނާޝާ
17 ޖޫން 2026 - 06:45
ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ހުޅުމާލޭގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް އެންޑީއެމްއޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފޭސް އެކެއްގެ 141 ވަނަ ފުލެޓްގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވުމުގެ ސަބަބުންނެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 4:32 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:58 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގެ ސަބަބުން 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.

ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ދުމުގެ އަސަރުކުރި 6 މީހުންގެ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ވަނީ ކޮށްފައި ކަމަށެވެ.

މި ހާދިސާގައި އެޕާޓްމަންޓްގެ ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މިހާދިސާ އާއި ގުޅިގެން މީހަކަށް އަނިޔާވެފައި ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފުތާތެރޭ އަލިފާނުގެ 12 ހާދިސާ ހިނގާފައިވޭ: އެމްއެންޑީއެފްޚަބަރު | މަހެއް ކުރިންމާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިންހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 2 މަސް ކުރިންޖަޕާނުގެ އެހީގައި ލިބުނު ފެން ހިންދާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިން