logo
Bank of Maldives

Bank of Maldives

ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ސެޕްޓެމްބަރު 2026 - 10:18
ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް، ހާލަތު މޮނީޓަރކުރަނީ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެ އޮތޯރިޓީއަށް މިކަމާ ގުޅޭ ރިޕޯޓްތައް ލިބެމުންދާތީ، އެ ސަރަޙައްދުތަކުގެ ހާލަތު ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޑީއެމްއޭ އިން މަޢުލޫމާތު ދިން ގޮތުގައި، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

 

މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެ ސަރަޙައްދަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ދަމަހައްޓާފައިވާއިރު، އެ އަތޮޅުތަކުގެ ހާލަތު އެންޑީއެމްއޭއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް، ހާލަތު މޮނީޓަރކުރަނީޚަބަރު | 18 މިނިޓު ކުރިންއެންޑީއެމްއޭއަށް ހުޅުމާލެއިން 13،000 އަކަފޫޓްގެ ބިމެއް، އިމަޖެންސީ ސެންޓަރާއި ވަގުތީ ބޯހިޔާވަހިކަމާއި މައި އޮފީސް ގާއިމުކުރާނެޚަބަރު | 5 ދުވަސް ކުރިންމާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 3 މަސް ކުރިން