logo
MPL

MPL

ޚަބަރު

މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެ

އައިޝަތު ނަޝާއައިޝަތު ނަޝާ
9 ޖުލައި 2026 - 05:31
މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެ

މާފަންނު ޖާޔާކުޝަން ކައިރި ހުރި އިމާރާތުގެ އިތުރުން މާލޭ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

އެންޑީއެމްއޭ އިން ބުނީ އެތަންތަނަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލިފާން ރޯވެފައިވަނީ ކަލާފާނު ސްކޫލް ކައިރީ ހުރި ގެ އެއްގަޔާއި، ގ. ހުދުރުވާގޭގަ އެވެ. ކަލާފާނު ސްކޫލު ކައިރީގައި އަލިފާން ރޯވި ސަރަހައްދަށް އެމްއެންޑީއެފުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގ. ހުދުރުވާގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ. އެ އިދާރާއިން ބުނީ އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުން ކޮޓަރިއެއްގެ އެނދާއި އޭސީ ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އަލިފާނުގެ ސަބަބުން މުޅި އެ ސަރަހައްދަށް ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

444681_3_c6c1b56469a9270a81479d0b0751df8e5b07ac0d.jpeg

 

މާފަންނު ޖާޔާކުޝަން ކައިރި ރޯވި އިމާރާތަކީ ފޮތި ރައްކާކޮށްފައި ހުރި ގުދަނެކެވެ. އެތަނުގައި ހިފި ހުޅުގަނޑު މައިތިރި ކޮށްފައިވި ނަމަވެސް، އަދިވެސް ދުން އަރަމުންދާތީ ފަޔަ އެންޑް ރެސްކިއު ޓީމުން އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންއީއީޒެޑް ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުން އަތުލައިގަނެފިޚަބަރު | 23 ދުވަސް ކުރިންދެކުނަށް ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް، ހާލަތު މޮނީޓަރކުރަނީޚަބަރު | މަހެއް ކުރިންއެންޑީއެމްއޭއަށް ހުޅުމާލެއިން 13،000 އަކަފޫޓްގެ ބިމެއް، އިމަޖެންސީ ސެންޓަރާއި ވަގުތީ ބޯހިޔާވަހިކަމާއި މައި އޮފީސް ގާއިމުކުރާނެޚަބަރު | 2 މަސް ކުރިން