logo
MPL

MPL

ޚަބަރު

ހިޔާޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަަކަށް ވަގުތީ ބޯހިޔާވަހިކަން

އިސްމާޢިލް ރާތިޢު
31 ޖެނުއަރީ 2026 - 07:15
ހިޔާޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 37 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި މި ހާދިސާގެ ސަބަބުން އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގެއްލުންތަކާ ގުޅިގެން އެ ޓަވަރުގެ ބައެއް އެޕާޓްމަންޓުތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމަށް އިންސިޑެންޓް ކޮމާންޑަރު މައުލޫމާތު ދެއްވާފައި ވެއެވެ. މިހާރު އެޗްޑީސީން ދަނީ ނަރުދަމާއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންޑީއެމްއޭއިން ބުނީ، ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަނެ، މަރާމާތުގެ މަސައްކަތްތައް އަވަސް ކުރުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތައް ގުޅިގެންދަނީ ކުރަމުންނެވެ. މިމަސައްކަތުގައި ހަރަކާތްތެރިވަމުންދަނީ އެންޑީއެމްއޭ، އެމްއެންޑީއެފް، ފުލުހުން، އެޗްޑީސީ، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯއިންނެވެ. މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެޗްޑީސީއާއި ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ 7 ޖަހާކަންހާއިރެވެ. އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެންޑީއެމްއޭއިން ވަނީ މި ހާދިސާއާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެ އޮތޯރިޓީގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިންހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ހޯދައިދޭނަން: މުއްތަލިބުޚަބަރު | މަހެއް ކުރިންހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 2 މަސް ކުރިންހިޔާ އިތުރު ޓަވަރުތަކެއްގައި އިތުރު ލިފްޓް ހަރުކޮށްފި، ބާކީ އެއް ޓަވަރުޚަބަރު | 2 މަސް ކުރިން