logo
MPL

MPL

ޚަބަރު

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ހޯދައިދޭނަން: މުއްތަލިބު

އަޙުމަދު ރިޝާން
6 ޖުލައި 2026 - 06:29
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ހޯދައިދޭނަން: މުއްތަލިބު

ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންގެ ދިރިއުޅުން މިހާރަށް ވުރެ، ތަނަވަސްކުރަން ބޯހިޔާވަހިކަމުގެ އެހެން ފުރުސަތުތަކެއް ހޯދައިދިނުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރި ލިފްޓްތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު  މުއްތަލިބް ވިދާޅުވީ ހިޔާ ފުލެޓެއްގެ ޓަވަރެއްގެ ރަށެއްގައި ދިރިއުޅޭހާ މީހުން ދިރިއުޅޭ ކަމަށެވެ. އެގޮތުން ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2000 މީހުން ދިރިއުޅެމުންދާ ކަމަށް ވެސް މިނިސްޓަރަ ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހިޔާ ފުލެޓްތަކުގެ ދެ ކޮޓަރީގެ ތަންތަނަށް އޭރު މީހުން ބަދަލުވި ނަމަވެސް މިހާރު، އެމީހުންނަށް ދަރިންލިބި ހާލަތު ބަދަލުވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަން ދިނުމުގައި މިވަގުތު ބޯހިޔާވަހި ކަމެއް ނެތް މީހުންނަށް އިސްކަންދޭނެ ކަމަށެވެ. ނަމަވެސް ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ވިސްނުން ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާގެ ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިނގޭ ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް، މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު އެކަމުގެ ސީދާ ތަފްސީލު ނުދެއްވި ނަމަވެސް ވަށާޖެހޭ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ހިއްކުމުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިއްޖެ، މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު: ވަޒީރުޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 16 ދުވަސް ކުރިންގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 22 ދުވަސް ކުރިންއިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީޚަބަރު | 3 މަސް ކުރިން