logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ސެޕްޓެމްބަރު 2025 - 06:05
އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅި އަރާފައި، ފޮޓޯ: އެންޑީއެމްއޭ
އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅި އަރާފައި، ފޮޓޯ: އެންޑީއެމްއޭ

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް ހޯމަ ދުވަހު އަރައިފިއެވެ.

ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ގެއްލުންވި ގޭބިސީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މިހާރުވެސް ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަގޫރޯޅިއާ ގުޅިގެން ހާމަކުރެވިފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، ބައެއް ގޭގޭގެ ފުރާޅުތައް ވަނީ މުޅިން އެއްލައިލާފައެވެ.

މި ހާދިސާގައި 6 ގެއަކަށް ގެއްލުން ވެފައިވާކަން މިހާތަނަށް އެނގިފައިވާކަމަށް އެންޑީއޭއެމްއޭ އިން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ އެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ. އެ 6 ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 12 ދުވަސް ކުރިންޖަޕާނުގެ އެހީގައި ލިބުނު ފެން ހިންދާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފިޚަބަރު | 20 ދުވަސް ކުރިން ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެއް ކޮޓަރި އެއްކޮށް އަޅިއަށްޚަބަރު | 2 މަސް ކުރިންހުރާ ގެއެއްގައި ރޯވެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިޚަބަރު | 3 މަސް ކުރިން