logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުގެ އެހީގައި ލިބުނު ފެން ހިންދާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ޖޫން 2026 - 11:42
ޖަޕާނުގެ އެހީގައި ލިބުނު ފެން ހިންދާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފި

ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށް ރަށްރަށުގައި ބޭނުންކުރުމަށް ޖަޕާނު ސަރުކާރުގެ އެހީގައި ހޯދާފައިވާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށް، އިތުރު ފަސް ރަށަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ޕަމްޕުތަކަކީ ޖަޕާނުގެ ގްރާންޓު އެހީގެ ދަށުން ހިންގާ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދީފައިވާ ތަކެއްޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ޕަމްޕުތައް ހަވާލުކޮށްފައިވަނީ އއ. ފެރިދޫ، ތ. ކަނޑޫދޫ، ރ. އިނގުރައިދޫ، މ. މުލައް އަދި ކ. ކާށިދޫ ކައުންސިލާއެވެ. މި ރަށްރަށުގެ އިތުރުން އެހެން ފަސް ރަށެއްގެ ކައުންސިލާއެކު ވެސް ޕަމްޕު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި ޕްރޮގްރާމުގެ ދަށުން ކޮންމެ ކައުންސިލަކަށް ދެ ޕަމްޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި މި ޕަމްޕުތަކުގެ ބޭނުމަކީ ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި، ރަށްރަށުގެ ކާރިސީ ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިޖާބަދިނުމުގެ ބާރުވެސް މިކަމުގެ ސަބަބުން ވަރުގަދަވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި އެންޑީއެމްއޭ އިން ވަނީ ރާއްޖޭގެ ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމަށާއި ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނު ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެމުންގެންދާ މެދުނުކެނޑޭ އެހީތެރިކަން ފާހަގަކޮށް، އެ ގައުމަށް ޝުކުރު އަދާކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނުގެ އެހީގައި ލިބުނު ފެން ހިންދާ ޕަމްޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެއް ކޮޓަރި އެއްކޮށް އަޅިއަށްޚަބަރު | މަހެއް ކުރިންހުރާ ގެއެއްގައި ރޯވެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިޚަބަރު | 2 މަސް ކުރިންޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 3 މަސް ކުރިން