logoEN
ޚަބަރު

ދިވެހިންނަށް އުފާވެރި ދުވަހެއް: ޤައުމީ އެއާލައިނަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާ ބޯޓެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

06 ޖެނުއަރީ 2025 - 13:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއާ ކްރާފްޓެއް ގެނެސްފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނަށް ދެ ވައިޑް ބޮޑީ މަތިންދާބޯޓު އިތުރުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ސަރުކާރުން އެ މަސައްކަތް ފެއްޓެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާ ބޯޓު މިއަދު މިވަނީ އިފްތިތާޙުކޮށްފައެވެ.

މި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 5:00 ޖެހިއިރުއެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ.

މި ބޯޓުގެ ލޯ ޕާސް ދަތުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުޙައްމަދު ލަތީފް އަދި ސަރުކާރާއި މޯލްޑިވިއަންގެ އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.

ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، މި ބޯޓު ގެނައުމަކީ ތަރީޙީ ކަމެއް ކަމަށާއި މިމަސައްކަތް ކުރުމުގައި މުޅިންވެސް ދިވެހިން ހަރަކާތްތެރިވުމަކީ ލިބިގެންދިޔަ ފަޙުރެއް ކަމަށެވެ.

މޯލްޑިވިއަން ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާއިއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެއްވޭކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ. އަދި މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށްއެވެ.

މޯލްޑިވިއަނުން ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރުކުރުމަށް ކަނޑައަޅާފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. މިއީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. މި ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދޭނެކަމަށާއި، އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސްއެވެ.

ކޮމެންޓް

871x217_placeholder