logoEN
ޚަބަރު

އެއާބަސް އޭ-330 ގެ ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމަށް އަންނަ ބޮޑު ކުރިއެރުމެއް: ވަޒީރު އަމީން

މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --ފޮޓޯ: ވަގުތު

މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --ފޮޓޯ: ވަގުތު

ސުދާ ލަތީފްސުދާ ލަތީފް

06 ޖެނުއަރީ 2025 - 12:26

މޯލްޑިވިއަން އިން ރާއްޖެ މިއަދު ގެނައި އެއާބަސް އޭ330 މަރުކާރުގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ފެށުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވަޒީރު އެފަދައިން ވިދާޅުވީ މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑްބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދުރުރާސްތާ ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ އެއާލައިނެއްގެ ގޮތުގައި މޯލްޑިވިއަން ވުމަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު ގެންނަ ބޯޓާ އެކު އެ ހުވަފެނުގައި ކުލަޖެހި، އުއްމީދުތަކެއް އާވެގެންދާނެ ކަމަށެވެ. އަދި އެއާބަސް އޭ-330އާ އެކު ގައުމީ އެއާލައިނަށް ދުުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބުނު އިރު، އެކަމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެއާބަސް އޭ330ގެ އުދުހުންތައް ފެށުމާއެކީގަ މޯލްޑިވިއަންގެ ބައިނަލް އަގްވާމީ މަންޒިލްތައް އިތުރުވެ، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދުވެސް އިތުރުވެގެންދާނެ، ރިސޯޓު އޮކިއުޕަންސީއާއި ޓްރާސްފަރގެ އަދަދު އިތުރުވެ ސީޕްލޭން އޮޕަރޭޝަންއާއި ފީލްޑް ބޭސް އެތެރޭގެ އުދުހުންތައްވެސް އިތުރުވެގެންދާނެ، - މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން

އަދި މީގެ އިތުރުން އެއާބަސް އޭ-330، ގެ އުދުހުންތައް ފެށުމާއެކު މޯލްޑިވިއަންގެ ބައިނަލްއަގުވާމީ މަންޒިލްތައް އިތުރުވެ ރާއްޖެއަށް އަންނަަ ޓޫރިސްޓުން ގެ އަދަދު ވެސް އިތުރުވެގެން ދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވައިޑް ބޮޑީ އެއާކްރާފްޓުގެ އޮޕަރޭޝަން ވެސް އިތުރު ޑެސްޓިނޭޝަންތަކަށް ފުޅާކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ޖާގަ ތަނަވަސް ލޯންގް ރޭންޖް ބޮޑެތި މަތިންދާބޯޓު ހޯދުމުގެ ބޭނުމަކީ ހަމައެކަނި މޯލްޑިވިއަންގެ ފޮލީޓް އިތުރު ކުރުމެއް ނޫން . މި ބޯޓުގެ ދަތުރުކުރަން ފެށުމުން ކަނެކްޓިވިޓީ އިތުރުވެ ރާއްޖޭގެ ޓޫރިޒަމް އާއި ބައިނަލްއަގްވާމީ ވިޔަފާރި އަށް ގިނަ ދޮރުތަކެއް ހުޅުވި އޭގެ ފައިދާ މުޅި ގައުމަށް ކުރާނޭކަން ޔަގީން، - މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން

މިއަދު ރާއްޖެއަށް އައި މި ބޯޓުގައި އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. އެގޮތުން މި ބޯޓުގައި ބިޒްނަސް ކްލާހުގައި 18 ގޮނޑި އާއި ފްރިމިއަކް އިކޮނަމީއަށް 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑި ހިމެނެއެވެ.އަދި މި ބޯޓުގެ އޮޕަރޭޝަންތައް މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވެއެވެ. އެންމެ ފުރަތަަ މި ބޯޓުގެ ދަތުރުތައް ކުރުމައް ހަމަޖެހިފައިވަނީ ޗައިނާގެ 3 މަންޒިލަކަށެވެ. އެއީ ބެއިޖިން، ޝެންހާއި އަދި ޗެންގްޑޫ އެވެ.

މޯލްޑިވިއަންގެ ފްލީޓަށް ވައިޑްބޮޑީ ބޯޓުތައް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ. މިއަދު ގެނައި ބޯޓާއެކު އެފަދަ އިތުރު ބޯޓެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

871x217_placeholder