މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި
-1736240152911.webp&w=3840&q=75)
އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު

07 ޖެނުއަރީ 2025 - 12:58
ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ އަދަދު މަތި ނަމަވެސް، ފަރުވާދޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ލުބްނާ ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ވަނަ އަހަރު ބިނާ ކުރީއްސުރެން މިއަދާ ހަމައަށް އިމާރާތަށް އެއްވެސް ބަދަލެއް ނައިސް އޮތް އޮތުމަކީ، އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
މުޅި ރިހެބިލިޓޭޝަން ސެންޓަރުގެ ކެޕޭސިޓީއަކީ 205. އެކަމަކު މަސްތުވާތަކެތި ނަގާ މީހުންގެ އަދަދުތަކާއި އަދި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތަކަށް ބަލައިލާއިރު ޖާގައިގެ ދަތިކަންވަރަށް ބޮޑަށް ދިމާވޭ. ރީހެބް ސެންޓަރަކީ ވަރަށް ކުރިން ހަދާފައިވާ އިމާރާތަކަށް ވެފައި ފާއިތުވި 10 ނޫނީ 15 އަހަރު ވެސް ނެތް އެއްވެސް ވަރަކަށް ސްޓްރަކްޗާ އަށް ބަދަލެއް ގެނެސްފައެއް، 1997 ވަނަ އަހަރު އަޅާފައި ހުރި އިމާރާތް އަދި ވެސް ހުރީ. އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު
ލުބްނާ ވިދާޅުވީ، ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރީހެބް ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރު ކޮށްގެން ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް މިއަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށައިފަ އެވެ.
މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވާއިރު، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެއެވެ.
ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ހައްލުކުރަން ބޭނުންވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީ ވަބާއިން ދިވެހިން ސަލާމަތްކުރުން ހިމެނެއެވެ.
އިތުރު ލިޔުންތައް

އަލިފާނުގެ ހާދިސާއާއި ގުޅިގެން، 57 މީހުން ހާލުގައިޖެހިފައި
7 މަސް ކުރިން.webp&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުން މިހާރު އިތުރު : ލުބުނާ
6 މަސް ކުރިން.webp&w=3840&q=75)
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅަނީ
6 މަސް ކުރިން