logoEN
ޚަބަރު

އުމްރާވެރިން މާލެ ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: މިނިސްޓްރީ

އުމްރާވެރިންތަކެއް

އުމްރާވެރިންތަކެއް

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖެނުއަރީ 2025 - 14:02

އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 24 ދިވެހި އުމްރާވެރިއަކު ރާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި ތާށިވުމާ ގުޅިގެން އުމްރާވެރިން މާލެ ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އެނގިފައިވާގޮތުގައި އުމްރާވެރިން ތާށިވީ ރިޓާން ޓިކެޓު ނަގަން އޮތް ފައިސާ އެހެން ކަމަކަށް އެ ގްރޫޕުން ބޭނުން ކުރުމުންނެވެ.

އެ 24 އުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމަށް ޓިކެޓަށް 180،000ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ޙާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމުގައި ކޮށްދެވެން އޮތްކަމެއް ކޮށްދެއްވާނެކަމަށެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ހެދިފައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމުކުރުމަށް މިނިސްޓްރީން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް

871x217_placeholder