logo
Bank of Maldives

Bank of Maldives

ޚަބަރު

ކަސްޓަމްސްގެ އިސްވެރިން 241 ކޮމެޓީއަށް ހާޒިރުކުރަނީ

އަޙްމަދު ޒަލީފް
8 ޖެނުއަރީ 2025 - 16:39
ކަސްޓަމްސްގެ އިސްވެރިން 241 ކޮމެޓީއަށް ހާޒިރުކުރަނީ

މޯލްޑިވްސް ކަސްޓަމްސް ސާވީސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލައިގައި ކަސްޓަމްސްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

ފުލުހުން ތަހުގީގުކުރަމުންދަނީ ކަސްޓަމްސްގެ އޮފިސަރުންގެ މަނީލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެނގިފައިވާ ގޮތުން 400 މިލިއަން ރުފިޔާ ދައުރުކޮށްފައިވަނީ ކަސްޓަމްސްގެ 10 އޮފިސަރެއްގެ އެކައުންޓުގަ އެވެ. އޭގެ ތެރެއިން މި ވަގުތު ތަހުގީގުކުރަމުން ދަނީ 3 އޮފިސަރެއްގެ މައްސަލަ ކަމަށް އިތުބާރު ހުރި މަސްދަރަކުން ދެން އަށް މައުލޫމާތު ދީފައިވެ އެވެ.

ކަސްޓަމްސްގެ އިތުުރުން ފުލުހުންނާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެވެރިން ހާޒިރުކުރާ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

އެއީ މަޖިލީހުގެ އެހެން މަސައްކަތްތައް ވެސް ހުރުމާއެކު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ވެސް ބާއްވާ ދުވަސްވެސްމެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުންތަކެއް މަނީ ލޯންޑަރިންގ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު އެ ތުހުމަތު ކުރެވޭ އެއްވެސް މުވައްޒަފަކު ރިޓަޔަރކޮށްފައިނުވާކަމުގައި ކަސްޓަމްސް އިން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ކަސްޓަމްސް އިން މިހެން ބުނެފައިވަނީ ތުހުމަތުކުރެވޭ ބަޔަކު ރިޓަޔަރކުރިކަމަށްބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި ޚަބަރު | 5 ގަޑިއިރު ކުރިންސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ޒިވާރު ސަސްޕެންޑުކޮށް ކަސްޓަމުން މައްސަލަ ބަލަނީޚަބަރު | 4 ދުވަސް ކުރިންރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފިޚަބަރު | 4 މަސް ކުރިންސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފިޚަބަރު | 6 މަސް ކުރިން