logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި

އާމިނަތު ޝަފާ
19 އޮކްޓޯބަރު 2025 - 13:13
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަނެ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިހުރި 3,183,040 ސިނގިރޭޓް ސްޓިކްސް ނުވަތަ 199 ކޭސް ސިނގިރޭޓް ނައްތާލާފައިވަނީ މިއަދު މެންދުރު ކ.ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައިދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަޞްދީޤުކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

1. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ.

2. ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ.

3. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެއެވެ.

4. މި ޤާނޫނާ ޚިލާފަށް، ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

ދުންފަތުގެ ބާވަތްތަކުން އިންޕޯޓް ޑިއުޓީ ބޮޑުކުރީ ދައުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނޫންކަމަށާއި އެކަމުން ލިބޭ އާމްދަނީ ބޭނުންކުރާނީ ދުންފަތުގެ ވަބާއިން ރައްކާތެރިވުމާއި ހޭލުންތެރިކަމުގެ މަސައްކަތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 3 މިލިއަން ސިނގިރޭޓު ނައްތާލައިފި ޚަބަރު | 7 ގަޑިއިރު ކުރިންސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ޒިވާރު ސަސްޕެންޑުކޮށް ކަސްޓަމުން މައްސަލަ ބަލަނީޚަބަރު | 4 ދުވަސް ކުރިންރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފިޚަބަރު | 4 މަސް ކުރިންސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފިޚަބަރު | 6 މަސް ކުރިން