ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ޒިވާރު ސަސްޕެންޑުކޮށް ކަސްޓަމުން މައްސަލަ ބަލަނީ
15 އޮކްޓޯބަރު 2025 - 15:35

ކަސްޓަމްސްއިން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ ސިނގިރޭޓް ގެއްލިފައިވާ މައްސަލައިގައި ތުހުމަތުކުރެވޭ އެ ސަރވިސްގެ މުވައްޒަފް, ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ސަސްޕެންޑްކޮށްފިއެވެެ.
ޒިވާރު ހައްޔަރުކުރިކަމަށް ބުނުން ފިޔަވައި ކަސްޓަމްންސްއިން މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation
މައްސަލައިގައި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމާއި ގުޅިގެން ފުލުހުން ވަނީ ބޮޑު ތަޙުޤީޤެއް ފަށާފަ އެވެ. މި މައްސަލަ މިހާރު ކަސްޓަމްސްއިން ތަހުގީގުކުރަމުން އަންނައިރު، މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާނެ ކަމަށާއި، މި މައްސަލައިގައި ހަތަރު މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށް ބައެއް އުޅަނދުތަކާއި، ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.
ކޮންޓެއިނަރުތަކުގައި ހުރި ސިނގިރޭޓަކީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި ތަކެތި ކަމަށާއި،އެ އެއްޗެހި ހުރީ ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ހަވާލުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.