މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ
12 ޖެނުއަރީ 2025 - 06:18
މުދަލުގެ ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 101.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑީވްސް އިންލަންޑް ރެވަނިއު އޮތޯރިޓީ ( މީރާ ) އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 90.2 މިލިއަން ރުފިޔާ 2023 ލިބިފައިވާ އިރު 2024 ނިމުނުއިރު ލިބިފައި ވަނީ 101.9 މިލިއަން ރުފިޔާއެވެ. މިއީ ކުރީ އަހަރަށް ތުރެ 12.9 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރު މުދަލު ޒަކާތް ލިބުނު މިންވަރު މަހުން މަހަށް
ޖެނުއަރީ - 3.4 މިލިއަން ރުފިޔާ
ފެބްރުއަރީ - 5.8 މިލިއަން ރުފިޔާ
މާޗް - 14.1 މިލިއަން ރުފިޔާ
އެޕްރީލް - 13.7މިލިއަން ރުފިޔާ
މޭ - 9.1 މިލިއަން ރުފިޔާ
ޖޫން - 4.3 މިލިއަން ރުފިޔާ
ޖުލައި - 15.5 މިލިއަން ރުފިޔާ
އޮގަސްޓް- 7.4 މިލިއަން ރުފިޔާ
ސެޕްޓެންބަރ - 8.7 މިލިއަން ރުފިޔާ
އޮކްޓޫބަރ - 5.6 މިލިއަން ރުފިޔާ
ނޮވެންބަރ - 3.9 މިލިއަން ރުފިޔާ
ޑިސެންބަރ - 9.7 މިލިއަން ރުފިޔާ
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެއެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.