މިއީ ރާއްޖޭގެ ތާރީހުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު ޢަދަދު


12 ޖެނުއަރީ 2025 - 09:53
މިފަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ ރާއްޖޭގެ ތަރީޚުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދު ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު މިއަހަރު 101.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ 2024 ވަނަ އަހަރު ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވިގެން ދިޔަ ޒަކާތު ހައުސްގެ ފަރާތުން ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް މުހިންމު ކަންތައްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ.
ނަތީޖާއެއްްގެ ގޮތުން ދިވެހިން ޒަކާތުގެ ކަންކަމަށް ފަރުވާތެރިވާ މިންވަރު އިތުރުވެފައިވާކަން އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ. .
އެގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101،939،070.15 ( ސަތޭކަ އެއްމިލިޔަން ނުވަލައްކަ ތިރީސް ނުވަހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި ) ވަނީ ލިބިފައެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެއްއަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދުކަން އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ.
އިތުރު ލިޔުންތައް

ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފި
7 މަސް ކުރިން
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހު 8.7 މިލިއަން ރުފިޔާ
7 މަސް ކުރިން
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ
6 މަސް ކުރިން-1726919050185.webp&w=3840&q=75)