logo
MPL

MPL

ޚަބަރު

ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފި

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2024 - 04:03
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނު ބާތިލުކޮށްފިއެވެ. އެ ވުޒާރާއިން ބުނީ މި ޢިއުލާން ބާތިލްކުރީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން މިއީ މިފަދަ ކަންކަން ކުރަން އެންމެ މުނާސަބު ވަގުތަކަށް ނުވާތީ ކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ފެންގަނޑަކީ މަރުކަޒު އެޅީންސުރެ މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑެއްކަމަށާއި މިހާރު ކުރިއަށްދަނީ އެ ތަން މަރާމާތުކުރުމުގެ މަސައްކަތްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން އިއްޔެކުރި އިއުލާނުގައިބުނީ އެ ތަން ހެދުމަށް ނިންމީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

މަސް ފެންގަނޑު ތައްޔާރު ކުރަން ބީލަން ހުށަހެޅުމަށް ހުޅުވާލީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގެ ނިޔަލަށް ވަޤުފުގެ 8 މަޝްރޫއެއް ނިންމައި ވުޒާރާގެ މާލީ ބިންގާ ހަރުދަނާ ކުރެވޭނެ: ވަޒީރު ޝަހީމްޚަބަރު | 6 ދުވަސް ކުރިންއުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | 17 ދުވަސް ކުރިން"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އަށް ޚާއްޞަ އިސްކަމެއް: ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | މަހެއް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | މަހެއް ކުރިން