logo
MPL

MPL

ޚަބަރު

2028 ގެ ނިޔަލަށް ވަޤުފުގެ 8 މަޝްރޫއެއް ނިންމާލެވޭނެ: ވަޒީރު ޝަހީމް

އައިޝަތު ނަޝާއައިޝަތު ނަޝާ
17 އޮކްޓޯބަރު 2026 - 06:44
2028 ގެ ނިޔަލަށް ވަޤުފުގެ 8 މަޝްރޫއެއް ނިންމައި ވުޒާރާގެ މާލީ ބިންގާ ހަރުދަނާ ކުރެވޭނެ: ވަޒީރު ޝަހީމް

2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފުގެ 8 މަޝްރޫއެއް ނިންމައި، ވުޒާރާގެ މާލީ ބިންގާ ހަރުދަނާކޮށް، ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ވަޤްފު މަޝްރޫއުތަކުން ލިބޭ މަންފާ ހާއްސަކުރެވޭނީ އެ މަޝްރޫއަކަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ 2029 ވަނަ އަހަރުގެ ނިޔަލަށް މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުއައްސަސާއަކަށް ހެދުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

View post on Twitter

 

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަގްފު މަޝްރޫއުތައް އިތުރަށް ހަރުދަނާކޮށް، އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ބަދަލުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، ވުޒާރާގެ އެހެނިހެން ހިންގުމުގެ ހަރަދުތަކަށާއި އިސްލާމީ ކަންކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މާލީ އަމިއްލަ ބާރުވެރިކަން ހޯދުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދެވެ. އެއީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގެ ނިޔަލަށް ވަޤުފުގެ 8 މަޝްރޫއެއް ނިންމައި ވުޒާރާގެ މާލީ ބިންގާ ހަރުދަނާ ކުރެވޭނެ: ވަޒީރު ޝަހީމްޚަބަރު | 2 ގަޑިއިރު ކުރިންމިނިސްޓަރ ޝަހީމް ދެއްވަނީ ހައްޖުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެކަމުގެ ޔަގީންކަން!ޚަބަރު | 7 މަސް ކުރިންމަސްޖިދުލް ޔޫސުފުލް ބަރުބަރީ މިމަހު 16 ގައި ހުޅުވަނީޚަބަރު | 8 މަސް ކުރިންމިސްކިތްތައް ވުޒާރާގެ ދަށަށް ގެނެއުން މުހިންމު: ވަޒީރު ޑރ. ޝަހީމްޚަބަރު | 10 މަސް ކުރިން