logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިމަހު 16 ގައި ހުޅުވަނީ

އިސްމާޢިލް ރާތިޢު
9 ފެބްރުއަރީ 2026 - 04:46
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިމަހު 16 ގައި ހުޅުވަނީ

މަސްޖިދުލް ޔޫސުފުލް ބަރުބަރީ (ރަށްދެބައި މިސްކިތް) މިމަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޒިކުރާ މިސްކިތާއި ވިލިމާލެ މަސްޖިދުއްސަލާމްގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހަށް ފަހު ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރަމަޟާން މަސް ކައިރިވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ދެމިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ސްޕޮންސަރ މިހާރު ވަނީ ލިބިފައެވެ. އެ ދެ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށްފަހު މާލެ ސަރަހައްދުގައި ބާ މިސްކިތަކަށް ހުންނާނީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާޅޭގައި ބާވެފައިހުރި މިސްކިތްތައް ތަޅާލުމަސްފަހު، ޒަމާނީ މިސްކިތްތަކެއް ބިނާކުރި ނަމަވެސް، ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ދަމަހައްޓާނެކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވއިެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިސްޓަރ ޝަހީމް ދެއްވަނީ ހައްޖުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެކަމުގެ ޔަގީންކަން!ޚަބަރު | މަހެއް ކުރިންޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފިޚަބަރު | 2 މަސް ކުރިންމަސްޖިދުލް ޔޫސުފުލް ބަރުބަރީ މިމަހު 16 ގައި ހުޅުވަނީޚަބަރު | 3 މަސް ކުރިންމިސްކިތްތައް ވުޒާރާގެ ދަށަށް ގެނެއުން މުހިންމު: ވަޒީރު ޑރ. ޝަހީމްޚަބަރު | 4 މަސް ކުރިން