logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފި

އިސްމާޢިލް ރާތިޢު
18 ފެބްރުއަރީ 2026 - 11:19
ޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފި

ޒަމާނީވަންތަކަމާއެކު، 1400 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭފަދައިން ތަރައްގީކުރި، މަސްޖިދު ޔޫސުފުލް ބަރުބަރީ، މިއަދު ޢަޞްރު ނަމާދަށް ހުޅުވައިފިއެވެ.

މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އެހެނިހެން ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ. ރޯދައާ ދިމާކޮށްވެސް އެކި ރަށްރަށުގައި ބިނާކުރި މިސްކިތްތައް ހުޅުވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ، މާލޭގައި ބާވެފައިހުރި މިސްކިތްތަކުގެ ބަދަލުގައި އައު މިސްކިތްތައް ބިނާކޮށް ނިންމުމަށްވެސް އަމާޒު ހިފާފައެވެ. އެގޮތުން ޒިކުރާ މިސްކިތާއި ވިލިމާލެ މަސްޖިދުއްސަލާމްގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހުގެ ފަހުން ފެށުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، ހިރިގަލުގެ އަސާރީ މިސްކިތްތައް މި މަޝްރޫއުގެ ތެރޭގައި ނުހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 20 ގަޑިއިރު ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | ދުވަހެއް ކުރިންޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުޚަބަރު | ދުވަހެއް ކުރިންޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | 2 ދުވަސް ކުރިން