logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދު ސަބަބުތައް ހޯދުމަށް ޒަކާތް ހައުސްގެ ދިރާސާއެއް

ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދު ސަބަބުތައް ހޯދުމަށް ޒަކާތް ހައުސްގެ ދިރާސާއެއް

ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުން މަދުވާ ސަބަބުތައް ހޯދުމަށް ޒަކާތް ހައުސްގެ ދިރާސާއެއް ފެށޭ އަހަރުގައި ހިންގޭނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން  ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޢިިއްޒުއްދީން ވިދާޅުވެފައި ވަނީ ރާއްޖޭގައި މުދަލު ޒަކާތް ދައްކާ ފަރަާތްތަކުގެ އަދަދު މަދުކަމަށެވެ. ޒަކާތު ފަންޑަށް މިއަހަރު 98 މިިލިއަން ރުފިޔާގެ ރިކޯޑް އަދަދެޢް ލިބިފައިވާއިރު އޭނާ ފާހަގަކޮށްފައިވަނީ، މުދަލު ޒަކާތް ދެއްކުން ހައްޤު ހުރިހާ ފަރާތްތަކެއް އެ ވާޖިބު އަދާކުރާނަމަ މި ފަންޑަށް އިތުރު އެހީ ލިބޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި މުދަލު ޒަކާތް ދައްކާ ފަރާތްތަކުގެ އަދަދު މަދުވާ މައިގަނޑު ސަބަބަކީ، ޒަކާތް ދެއްކުމުގެ މުހިންމުކަމާ މެދު މީހުންގެ ހޭލުންތެރި ކުޑަވުންކަމަށް ޢިއްޒުއްދީން ފާހަކުރިއެވެ. މި ގޮންޖެހުމާއި ކުރިމަތިލުމަށް ޒަކާތް ހައުސްއިން ދަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި، އެހެނިހެން ހަރަކާތްތައްވެސް ކުރިއަށް ގެންދަމުންނެވެ.

ޒަކާތް ހައުސްގެ 2025 ވަނަ އަހަރުގެ މެންޑޭޓްގެ ދަށުން ކުރިއައް ގެންދަން ހަމަޖެހިފައިވާ ދިރާސާގެ މަޤްސަދަކީ، ރާއްޖޭގައި ޒަކާތް ދެއްކުން މަދުވާ ސަބަބުތަކާއި، ޒަކާތް ދެއްކުން ހައްޤު ނަމަވެސް އެ ވާޖިބް އަދާ ނުކުރާ މީހުން ދެނެގަތުމެވެ.

މި ގޮތުން ޢިިއްޒުއްދީން ވިދާޅުވެފައި ވަނީ، މުދަލު ޒަކާތް ދެއްކުމުން މުދާ އިތުރުވާކަމަށް ދިރާސާތަކުން ހާމަކުރާކަމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 12 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާޚަބަރު | 2 މަސް ކުރިންފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް 45.3 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 2 މަސް ކުރިންއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30%އަށްވުރެ އިތުރު ޚަބަރު | 2 މަސް ކުރިން