logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ

އައިޝަތު ނަޝާ
16 މޭ 2026 - 16:45
އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8.7 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 50.7 މިލިޔަނަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވަނީ ފެބުރުވަރީ މަހުގައެވެ. އެ މަހު 11.8 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.މި އަހަރުގެ މަސްތަކަށް ބަލާއިރު، ޖަނަވަރީ މަހު 6.05 މިލިޔަން ރުފިޔާ، މާރިޗު މަހު 27.4 މިލިޔަން ރުފިޔާ އަދި އެޕްރީލް މަހު 5.4 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ.

މިއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށް ޖެހޭ މިންވަރެވެ.ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ. ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިންނެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާޚަބަރު | 2 ގަޑިއިރު ކުރިންއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30%އަށްވުރެ އިތުރު ޚަބަރު | 16 ދުވަސް ކުރިންމުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފިޚަބަރު | 25 ދުވަސް ކުރިންއިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް!ވިޔަފާރި | މަހެއް ކުރިން