logo
MPL

MPL

ޚަބަރު

ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް 45.3 މިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް 45.3 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30.1 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 34.8 މިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ތިން އަހަރުވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އުފުލިފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތިން މަހަށް ވަކިން ބަލާއިރު، ކޮންމެ މަހަކުވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ވަނީ އިތުރުވެފައެވެ. ޒަކާތު ހައުސް އިން ބުނި ގޮތުގައި މީގެ ތެރެއިން އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ މާޗް މަހުގެ ތެރޭގައެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އިތުރުވަމުންދާ މައިގަނޑު ސަބަބަކީ ޒަކާތާ މެދު އާންމުންގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުވުމެވެ. ޒަކާތު ހައުސް އިން ބުނީ "ދީނީ ވާޖިބު އަދާކުރުމަށް އާންމުންގެ މެދުގައި އޮތް ޝައުޤުވެރިކަން ބޮޑުވަމުން އަންނަ" ކަމަށެވެ.

މުދަލު ޒަކާތާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި މުޅި ރާއްޖޭގައި އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވެ، ޒަކާތުގެ ފަންޑަށް ލިބޭ އާމްދަނީއަށް އަންނަނީ ހެޔޮ ބަދަލުތަކެއް އަންނަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެޚަބަރު | 3 ދުވަސް ކުރިން ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | 22 ދުވަސް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | 2 މަސް ކުރިން