logoEN
ޚަބަރު

ސައުދީއާ އެކު އޮންނަ ގުޅުން ވަރުގަދަކުރުމަށް އިސްކަންދެން: ޝަހީމް

އާމިނަތު ސަފާއާމިނަތު ސަފާ

12 ޖެނުއަރީ 2025 - 07:57

މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާ އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޑރ ޝަހީމްވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޑރ ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ޑރ، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސައޫއީ ޢަރަބިއްޔާގެ މިނިސްޓްރީއޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާއެހީތެރިކަން ޑރ ޝަހީމް ފާހަގަކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމެވެ.

ޑރ ޝަހީމްގެ ވާހަކައިގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހައްޖު މައުރަޒަކީ ހައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި މިދިޔައަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝަހީމްވަނީ ޑރ ތައުފީޤު ރާއްޖެވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder