logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
21 އޮކްޓޯބަރު 2024 - 04:01
 އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --ފޮޓޮ/އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --ފޮޓޮ/އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި، ހެޔޮ ދުޢާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ފަލަސްޠީނާއި އިޒްރޭލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދުކަމަށާއި އެކަމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ވަޒީރު ވަނީ ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވާ އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށް ގޮވާލާފައެވެ. އަދި އިސްތިޢުމާރީ ބާރުތަކުން ފަލަޞްޠީނު މިނިވަންކޮށް ދައުލަތް ޤާއިމުކުރުމަށް އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އިސްލާމީ އަޚުލާޤީ ޙުދޫދުގެ ތެރޭގައި ތިބެ، އަޑު އުފުލައި ވަކާލާތުކުރުމާއި، ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުޢާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި 291 ހާފިޒުން އެބަތިބިޚަބަރު | 13 ދުވަސް ކުރިންއުމްރާއަށް ދިޔަ ދިވެއްސަކު ބަލިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިޚަބަރު | 13 ދުވަސް ކުރިންޑރ އަހްމަދު އަބްދުއްﷲއަށް، ވަޒީރު ޝަހީމްގެ ރައްދެއް!ޚަބަރު | 17 ދުވަސް ކުރިންމަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ ޚަބަރު | މަހެއް ކުރިން