logo
MPL

MPL

ޚަބަރު

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
18 ސެޕްޓެމްބަރު 2024 - 09:38
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޒަކާތު ފަންޑަަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، އަމާޒަކީ އަންނަ އަހަރު 100 މިލިއަން ރުފިޔާއަށް އިތުރުކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 77 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާ ކަމަށާއި، އެއީ އެހެން އަހަރުތަކާ އަޅާ ބަލާއިރު 11 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު އެ އަދަދު 100 މިލިއަނަށް އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

" އަމާޒަކީ 2025 ގައި 100 މިލިއަން ރުފިޔާއަށް ޒަކާތު ފަންޑު އިތުރުކުރުން. ޒަކާތު ފަންޑު 100 މިލިއަނަށް އިތުރުކުރެވިއްޖެނަމަ އެއީ ޒަކާތުގެ ތާރީހު ރާއްޖޭގައި ބަދަލުކޮށްލެވުން." މިނިސްޓަރު ވިދާޅުވިއެވެ.

މީހެ އިތުރުން ޒަކާތު ފަންޑަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މީހުން ހޭލުންތެރިކުރުމުގެ 59 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރުވަނީ ރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއަރުވާ ދަމަހައްޓަވަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިމާމުންގެ ތައުލީމީ ފެންވަރު މަތިކޮށް ތަމްރީނުކުރަން ސަރުކާރުން ފެއްޓަވައި މިހާތަނަށް 402 އިމާމުން ތަމްރީނުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމީ ގައުމީ ލައިބްރަރީއެއް ސަލްމާން މިސްކިތުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 22 ދުވަސް ކުރިންފަޤީރުންނަށް އެންމެ ބޮޑު ހޭދައެއް ކުރެވުނީ ވޭތުވެދިޔަ ދެ އަހަރު: ޝަހީމްޚަބަރު | މަހެއް ކުރިންމިނިސްޓަރު ޝަހީމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިޚަބަރު | މަހެއް ކުރިންއިސްލާމީ ދައުވަތުގެ މަސައްކަތް ރާއްޖޭގައި ކުރެވޭނީ އެންމެން ގުޅިގެން: ޝަހީމްޚަބަރު | މަހެއް ކުރިން