ޤުރުއާނާބެހޭ މަރުކަޒުގެ ކްލާސްތައް ހިނގުމަށް ވިލިމާލޭގައި ސެންޓަރެއް ހުޅުވައިފި


15 ނޮވެމްބަރު 2024 - 05:35
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލެ އައުޓްރީޗް ސެންޓަރު ހުޅުވައިފިއެވެ.
ވިލިމާލެ މަސްޖިދުލް ބިއްރީގައި ދެ ކުލާސްރޫމާއެކު ޤާއިމްކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ސެންޓަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ޤާއިމްކުރި ސެންޓަރެކެވެ. މި ސެންޓަރު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ވިލިމާލޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވިގެންދިޔަކަމީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއްކަމަށާއި، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ. މީގެ އިތުރުން ދީނީ ޤައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވުމަށާއި، މިއަދު ހުޅުވިގެންދިޔަ ސެންޓަރަކީ މިފަދަ މަސައްކަތެއްގެ ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުގައި ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރަށާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
7 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
6 މަސް ކުރިން
ކޮންމެ ހުކުރު ދުވަހަކު ވަޒީރު ޝަހީމުގެ ތަފްސީރު ކުލާސްތަކެއް
6 މަސް ކުރިން