ޚަބަރު
އާމިނަތު ސަފާ



މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ބަޔަކާ ޙަވާލުކޮށްފި


07 ނޮވެމްބަރު 2024 - 09:31
މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ވިޔަފާރިވެރިންގެ ޓީމަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
އަދި މި މިސްކިތުގެ ބިންގާ ޑިސެމްބަރު މަހުގެ ތެރޭގައި އަޅާ ރޯދަ މަހުގެ ފަހުން މިސްކިތުގެ އަމަލީ މަސައްކަތް ފަށާ ގޮތަށް ވަނީ ހަމަޖެހިފައިކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
7 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
6 މަސް ކުރިން
ކޮންމެ ހުކުރު ދުވަހަކު ވަޒީރު ޝަހީމުގެ ތަފްސީރު ކުލާސްތަކެއް
6 މަސް ކުރިން