ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓުގެ ދަށުން ނައިފަރުގައި ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި


13 ޖެނުއަރީ 2025 - 06:47
ގައުމީ ބޭންކު (ބީއެމްއެލް) ގެ ސްޓާޓަޕް ގްރާންޓުގެ ދަށުން ނައިފަރުގައި ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފިއެވެ.
ބޭންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުގެ ސްޓާޓަޕް ގްރާންޓްގެ އެހީގައި ނަޒާ ހެލްތު ރިހިބިލިޓޭޝަން ސެންޓަރު ހުޅުވާފައިވާ ކަމަށެވެ. މި ސެންޓަރަކީ 2023 ވަނަ އަހަރު ބީއެމްއެމްއެލް ސްޓާޓަޕް ފަންޑު ހޯދި ސަންފާ ނަޒާހަތް އަހުމަދު ހުޅުވި ރިހެބިލިޓޭޝަން ސެންޓަރެކެވެ.
މި ސެންޓަރުން ޖިސްމާނީ ނުކުޅެދުންތެރިން ހުންނަ މީހުންނަށް ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމާއި އަންހެނުންނަށް ހާއްސަ ފިޒިކަލް ރިހެބިލިޓޭޝަން ފަދަ ހިދުމަތްތައް ލިބިގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދެވޭ ހިލޭ އެހީ އެކެވެ. ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭއިރު ކާމިޔާބު ކަމާއެކު އެފަރާތެއްގެ ޕްލޭން އާ އެއްގޮތަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ކޮންސަލްޓީވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.
އިތުރު ލިޔުންތައް

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން
8 މަސް ކުރިން
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި
8 މަސް ކުރިން
ބީއެމްއެލް ގެ ނިންމުން އަނބުރާ ގެނެސްފި
8 މަސް ކުރިން