logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
25 އޯގަސްޓު 2024 - 07:45
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި

ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޙިދުމަތްތައް މެދުކެނޑާލައިފިއެވެ.

ޑޮލަރުގެ ދަތިތައް ދިމާވެ ބީއެމް އެލް ގެ ރުފިޔާ ކާޑުން ދެމުން އަންނަ ޑޮލަރުގެ ޙިދުމަތްތައް ދިނުން ހުއްޓާލައިފިއެވެ. އެގޮތުން ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތްވަނީ ހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން މިއަދު ގެނެވުނު ބަދަލުތަކުގެ ތެރޭގައި މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް އެއްވެސް ޑޮލަރެއް ދޫނުކުރާނެއެވެ.

އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ މުޢާމަލާތްތައް މިވަނީ 100 ޑޮލަރަށް ދަށްކޮށްފައެވެ.

މީގެ އިތުރަށް އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން  ކާޑުގެ ޕްރައިމަރީ އެކައުންޓް އަކީ ރުފިޔާ އެކައުންޓް ނަމަ ރާއްޖޭން ބޭރުގެ އެއްވެސް މަސައްކަތަކަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ.

ބީއެމްއެލް އިން ހާމަކުރިގޮތުގައި މިގޮތަށް މިފިޔިވަޅުތައް އަޅަން ޖެހުނީ ޑޮލަރު ލިބުމުގައި ހުރި ގޮންޖެހުން ތަކުގެ ސަބަބުން ކަމަށާއި ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާކަމަށެވެ. މިއަހަރުގެ ތެރޭގައި ބޭންކަށް ލިބުނު އަދަދަށްވުރެ ކާޑު ތަކުން ކުރެވުނު މުއާމަލާތްތައް ގިނަ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ވަރަށް ބޮޑަށް ދައްވާނެކަމަށް ވެސް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު، ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެ އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެކަމަށްވެސް ބޭންކުން ހާމަކުރިއެވެ. ނަމަވެސް މެދު ނުކެނޑި ބޭރުގެ މުއާމަލާތްތައް ކުރުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް ބޭންކުންވަނީ އިލްތިމާސްކޮށްފައެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ބީއެމްއެލް އިން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތް ގޮތަށް ބަލައި އަޅަން ޖެހުނު ފިޔަވަޅެއްކަމަށްވެސް ބޭންކުން ހާމަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޓީއެމް މެދުވެރިކޮށް މަހަކު ނެގޭ ޑޮލަރުގެ ލިމިޓް 3،500 ޑޮލަރަށް ބަދަލުކޮށްފިޚަބަރު | 4 ދުވަސް ކުރިންވަރލްޑް ޓްރެވަލް އެވޯޑްސް 2026ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލްޚަބަރު | 13 ދުވަސް ކުރިންޑޮލަރު ޓްރާންސްފާތަކަށް ހެދަވާ ވަގުތު، އަންނަ ހަފާތާގެ ނިޔަލަށް ހަމައަކަށް އެޅޭނެޚަބަރު | 15 ދުވަސް ކުރިންސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބީއެމްއެލް އާ އެއްވެސް ގުޅުމެއް ނެތްޚަބަރު | 15 ދުވަސް ކުރިން