logo
MPL

MPL

ޚަބަރު

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
25 އޯގަސްޓު 2024 - 07:33
ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން

ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެކަމަށް ހިތަދޫ މެދު ދާއިރާގެމެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޓްވީޓެއްގައި އަޒާން ވިދާޅުވީ ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެކަމަށެވެ. އަދި އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ނޫން އޮޕްޝަނެއް އޮތްނަމަބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަަދި ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުން ކަމަށާއި، ނަމަވެސް އެ ބޭންކުން ކުރަން ޖެހޭނީ . ބޭރުގެ ދަރަނި ދެއްކުމާއި.ރާއްޖެއަށް ބޭނުންވާ ތެޔޮގަތުން އަދި ބޭންކުތަކަށް ޑޮލަރު ދޫކުރުން ކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް އަޒާން ކުރި ޓްވީޓްގައި ވިދާޅުވެފައިވަނީ އޯގަސްޓު އަދި ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ 2 މަސް ކަމަށާއި ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މިއީކަމަށެވެ. އަދި ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް ކަަމަށެވެ.

ނަމަވެސް ބޭންކުން މިވަނީ މިއަދު ކަނޑައެޅި އާއްމު ކުރެވުނު ބަދަލުތައް އަލުން މުރާޖައާ ކުރުމުގެ ގޮތުން އާ ގޮތްތަކެއް ކަނޑައެޅުމަށް ބޯޑް މެމްބަރުންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. އަދި ރަސްމީ އިތުރު ބަދަލެއް އިއުލާން ކުރެވޭނީ އެއަށްފަހުގައި ކަމަށްވެސް މައުލޫމާތުލިބެއެވެ.

އިގްތިސާދީ ބަދަލުތައް ހަރުދަނާ ކުރުމަށް މި އެޅޭ ފިޔަވަޅުގެ ސަބަބުން ދަތިތަކެއް މިވަގުތު ހުރިކަމުގައިވީނަމަވެސް މީގެ ސަބަބުން އެދެވޭ ހައްލެއް މުސްތަގްބަލުގައި ފެނިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައުލީމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދަތިވާމަނަމަ އަވަހަށް އަންގާ: ބީއެމްއެލްވިޔަފާރި | 18 ގަޑިއިރު ކުރިންބީއެމްއެލްގެ 'ބޭންކް ފަންޑް' ލިބޭ ޖަމިއްޔާތައް ހޮވައިފިޚަބަރު | 2 ދުވަސް ކުރިންބޭރު ފައިސާ އާ ބެހޭ ޤާނުނުގެ ބިލު މަޖިލީހުން ބަލައިގެންފިޚަބަރު | 3 ދުވަސް ކުރިންކޮތަޅުން ނަގާ ޑިއުޓީ އަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނު އިސްލާހުކޮށް ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިން