logo
ޚަބަރު

އެކި ދާއިރާތަކުން ތަމްރީނުވުމަށް 30 ސިވިލް ސާރވަންޓުން އިންޑިއާއަށް

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
7 ސެޕްޓެމްބަރު 2024 - 14:00
ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އިންޑިއާއަށް ދިޔަ ސިވިލް ސާރވިސްގެ ޓީމް. ފޮޓޯ/ ސިވިލް ސާރވިސް ކޮމިޝަން
ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އިންޑިއާއަށް ދިޔަ ސިވިލް ސާރވިސްގެ ޓީމް. ފޮޓޯ/ ސިވިލް ސާރވިސް ކޮމިޝަން

އެކި ދާއިރާތަކުން ތަމްރީނުވުމަށް 30 ސިވިލް ސާރވިސް ކޮމިޝަންގެ މުވައްޒަފުން އިންޑިއާއަށް ފުރައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު  ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސްކޮމިޝަނާ ދެމެދު 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމަށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާ އިތުރު 5 އަހަރުގެ މުއްދަތަކަށް އައުކުރުމަށް 9 އޮގަސްޓު 2024 ގައިވަނީ ސޮއިކުރެވިފައެވެ. 

މި ފަހުމުނާމާ އައުކުރެއްވުމަށް ސިވިލްސަރވިސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙެވެ. އަދި އިންޑިއާގެ ނެޝަނަލް ސެންޓަރފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ)ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ މުނޫ މަހާވަރެވެ.  

ސިވިލް ސާރވިސް ކޮމިޝަނުން ބުނީ، 1000 މުވައްޒަފުންނަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުރިހާ ހަރަދަކާއެކު ތަފާދު އެކި ދާއިރާތަކުން ތަމްރީނު ދޭން ނިންމާފައިވާ ކަމަށެވެ.

"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި 2 ހަފްތާގެ މުއްދަތަށް ކޮންމެ ބެޗެއްގެ ތަމްރީނު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އިންޑިއާގެ ސިވިލް ސަރވިސްއާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރެއިން ކަނޑައެޅޭ ޚާއްޞަ ދާއިރާތަކުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި ހުނަރުކުރިއެރުވުމަށް އެން.ސީ.ޖީ.ޖީއާ ގުޅިގެން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުންނެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް މުވައްޒަފުން ރިޓަޔަރކުރާއިރު އެސްއޯއީތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންޝަކުވާތައް ހުށަހެޅުމަށް ސިވިލް ސާރވިސްގެ އޮންލައިން ޕޯޓަލް އެއް ޚަބަރު | 3 ދުވަސް ކުރިންސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި ޚަބަރު | މަހެއް ކުރިންސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނާރއެކު މަޝްވަރާ އެބަ ކުރަން - ސީއެސްސީޚަބަރު | މަހެއް ކުރިން