logoEN
ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަަމަށް ޞަރާޙަތާއި މުޙައްމަދު އަބްދުﷲ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މެންބަރުކަމަށް އާމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު އަބްދުﷲ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ސަރާހަތުގެ ނަމަށެވެ. އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ.

ދެވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ޝިފްޒާ މުސްތަފާގެ ނަން ފާސްވެފައެއް ނުވެއެވެ. ޝިފްޒާ އައްޔަންކުރުމަށް ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 50 މެންބަރުން ވޯޓުދެއްވިއެވެ.

ޝިފްޒާގެ ނަން ފާސް ނުވުމުން ދެން ވޯޓަށް އަހާފައިވަނީ މުހައްމަދު އަބްދުﷲ (މުހަންމާ) ބްރޯޑްކޮމްއަށް އައްޔަންކުރުމަށެވެ. މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

މި ދެ މެމްބަރުން އަންޔަން ކުރުމަށް ފާސްވުމުން ލިސްޓުގައި ބާކީ އިންނެވި ނޫސްވެރިޔާ ޝިމްލާ އަހުމަދުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

ކޮމެންޓް

871x217_placeholder